ފޮތް: ރަމަޟާންމަހުގެ ރޯދަ

މި ފޮތަކީ ރޯދައިގެ ޙުކުމުތަކާއި ، އޭގެ ޙިކުމަތާއި ، ސުންނަތްތަކާއި ، އަދި މުހިއްމު ބައެއް އަދަބުތަކުގެ މައްޗަށް ވަރަށް ޚުލާޞާ ކުރު ގޮތަކަށް އަޅުގަނޑު ލިޔެ ހިމަނައިލާ ފޮތެކެވެ. އަދި ޚާއްޞަކޮށް މިފޮތް ލިޔުމުގައި އަޅުގަނޑު އިސްކަންދީފައިވަނީ ފަރުޟު ރޯދައަށެވެ. ރަމަޟާންމަހުގެ ރޯދައަށެވެ. ސުންނަތް ރޯދަތަކާ ބެހޭގޮތުން މިފޮތުގައި އެއްވެސް ވަރަކަށް މަޢުލޫމާތު ދެވިފައެއް ނުވާނެއެވެ. މި ފޮތް ލިޔުމަށްޓަކައި މައިގަނޑު މަސްދަރެއްގެ ގޮތުގައި އަޅުގަނޑު ބަލާފައިވަނީ ފަޟީލަތުއްޝެއިޚް އަލްޢައްލާމާ މުޙަންމަދު އިންބު ޞާލިޙު އަލްޢުޘެއިމީން ލިޔުއްވާފައިވާ ފޮތް مذكرة فقه އާއި ފަޟީލަތުއްޝެއިޚް އަލްޢައްލާމާ ޞާލިޙު އިބުނު ފައުޒާން ލިޔުއްވާފައިވާ ފޮތް الملخص الفقهي އެވެ.

މިފޮތް ޑައުންލޯޑް ކުރެއްވުމަށް މިޢިބާރާތަށް ފިއްތަވައިލައްވާ!

ޚިޔާލު ފައުޅުކުރުން